Last Updated: June 14, 16:53
Sunday, June 14, 2026
ޚަބަރު

ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް ދުއާކުރަން

ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށް ދެއްވާނެ ބޭފުޅަކަށް ވުން އެދި ދުއާކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރަށް މަރުހަބާ ދަންނަވައި އަދާލަތުގެ ޕާޓީގެ ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ދެއްވި މޭންޑޭޓާ އެއްގޮތަށް، ކުރިއަށް އޮތް ފަސް އަހަރަކީ ދިވެހި ގައުމަށް ލާބަޔާ މަންފާ ލިބިގެންދާނެ ފަސް އަހަރަށް ވާނެ ކަމަށް އުންމީދު ވެސް ކުރައްވާ ކަމަށެވެ.

"ހެޔޮ ވެރިކަމެއް ކުރުމުގެ ތައުފީޤު ތިޔަ ބޭފުޅުންނަށް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ.