ކޭޕާކް މައްސަލައިގައި ހިމެނޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހުގެ އަގުބޮޑެތި މުދާތަކެއް ހިފަހައްޓައިފިއެވެ.
ފުލުހުން މަންޑޭގެ މުދާތަކެއް ހިފަހައްޓާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ހުޅުމާލެ ކޯޓުން އަމުރު ނެރެފައިވަނީ އޮޅުވާލައިގެން ވިއްކި ފްލެޓްތަކުން ހޯދި ފައިސާއިން ގަތްކަމަށް ތުހުމަތު ކުރެވޭ އަގުބޮޑެތި މުދާތައް ހިފެހެއްޓުމަށެވެ.
އެގޮތުން ތަހުގީގު ނިމެން ދެން ހިފެހައްޓާފައިވަނީ ފޭކު ޑޮކިއުމެންޓުތަކެއް ބޭންކަށް ދީ، ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.
އެއް އަހަރުގެ މުއްދަތަށް ހިފެހެއްޓި މުދަލުގެ ތެރޭގައި އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް އަދި ހުޅުމާލޭ އެފް.ޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓްހައުސް ހިމެނެއެވެ.
ފުލުހުން މަންޑޭގެ އެޕާޓްމެންޓް ބަލާ ފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.