Last Updated: July 23, 10:04
Thursday, July 23, 2026
ޚަބަރު

އެފްބީ މެދުވެރިކޮށް އޮޅުވާއިލައިގެން ފައިސާ ހޯދަނީ

ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކާމެދު ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް އެދި މެސެޖެއް ލިބިއްޖެނަމަ އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅާ އެކަން ޔަގީންކުރުމަށް އެދިފަ އެވެ. އަދި ކާކުކަން ނޭނގޭ މީހުންނަށް ފައިސާ ނުފޮނުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ގޮތްނޭނގޭ ލިންކްތަކަށް ނުފިއްތުމަށާއި އޯޓީޕީ، އިންޓަނެޓް ބޭންކްކިން ޔޫސަނޭމް އަދި ޕާސްވޯޑް އެއްވެސް މީހަކާ ހިއްސާނުކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.