Last Updated: June 14, 16:53
Sunday, June 14, 2026
ޚަބަރު

ވަކިކުރި ޕްރިންސިލަށް މަގާމު އިޔާދަކޮށް ދީފި

މާލޭގެ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް މީގެ އަހަރެއްހާ ދުވަސް ކުރިން ވަކިކުރި މުހައްމަދު ޝުޖާއުގެ މަގާމު އިޔާދަކޮށް ދީފި އެވެ.

އޭނަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކުރީ އަރަބިއްޔާހެ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުގެ ބަދަލުގައި އެކަމަކުގައި އުޅުއްވާފައިވާތީ އެވެ. އެގޮތުން އަރަބިއްޔާ އިން ވަކިކޮށް އެޑިއުކޭޝަން މިނިސްޓްރީން ޝުޖާއު ބަދަލުކުރެއްވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ.

އެ މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަށް ހުށަހެޅުމުން އެތަނުން މި މަހުގެ 1 ގައި ނިންމާފައި ވަނީ އޭނަ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ 30 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމު އަލުން ދޭން ޖެހޭނެ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ޝުޖާއު އަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމު އިޔާދަކޮށް ދޭން ނިންމަވާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޕްރިންސިޕަލްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައުގަތުމަށް އަންގާ ކަމަށެވެ.

އަރަބިއްޔާގެ ޕްރިންސިޕަލަކަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 ގަ އެވެ. މަހުގެ އޭނަ އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެން ވަގުތީ ގޮތުން އަރަބިއްޔާ ހިންގެވުން ހަވާލުކުރެއްވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ އެވެ.