Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"އޯޕަންހީމާ" އެމެޒޯން ޕްރައިމަށް ދޫކޮށްލައިފި

މި އަހަރުގެ އެންމެ ކާމިޔާބު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ ބައޮގްރަފިކަލް ތުރިލާ "އޯޕަންހީމާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

މި އަހަރުގެ ޖުލައި 21 ގައި ރިލީޒްކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި 950.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެއްޗެކެވެ. ފިލްމު ހެދީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"އޯޕަންހީމާ" އަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ބިނާކޮށް ހެދި ފިލްމެކެވެ.

މީގެ ޓައިޓްލް ރޯލު ކުޅުނީ ޝިިލިއަން މާފީ އެވެ. އިތުރު ކާސްޓުންގެ އޭ-ލިސްޓް އިތުރު ތަރިންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މެޓް ޑޭމަން، ރޮބަޓް ޑައުނީ ޖޫނިއާ، ރަމީ މާލިކް، ކެނެތު ބްރެނާ، ފްލޮރެން ޕިއު، ޖޯޝް ހާނެޓް، އެމިލީ ބްލަންޓް، ކޭސީ އެފްލެކް އަދި ގެރީ އޯލްޑްމަން ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

"އޯޕަންހީމާ" ގެ ޑައިރެކްޓަރަކީ "މެމެންޓޯ"، "އިންސޯމްނިއާ"، "ބެޓްމޭން ބިގިންސް"، "ދަ ޑާކް ނައިޓް"، "ޑަންކާކް" އަދި "ޓެނެޓް" ފަދަ ވަރުގަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.