Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުންގެ މައުލޫމާތު ހޯދަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ދޭން ޕްރައިވެޓަޒައިޝޭން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެދިއްޖެ އެވެ.

އެތަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ އެންމެ ފަހުގެ މައުލޫމާތުތައް ބޭނުންވާތީ އަންނަ މަހުގެ 15 ގެ ކުރިން އެކަން ހިއްސާކޮށް ދޭން އެދޭ ކަމަށެވެ. އަދި ބޯޑު ޑިރެކްޓަރުންގެ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަންނަ ނަމަ އެކަން މަސް ދުވަހުގެ ތެރޭގައި ހިއްސާކޮށްދޭން ވެސް އެދިފައިވެ އެވެ.

އޭގެ ތެރޭގައި ކުންފުނިތަކުގެ ބޯޑު ރެޖިސްޓްރީ އާއި ރެޖިސްޓާ އޮފް އިންޓަރެސްޓް ހިމެނެ އެވެ.

ޕީސީބީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓްކުރާ އިދާރާ އެވެ.