Last Updated: July 23, 10:04
Thursday, July 23, 2026
ޚަބަރު

ޕީބީސީގެ ބޯޑަށް މެންބަރުންތަކެއް އަންޔަންކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީބީސީ) އަށް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިން މެންބަރަކު އައްޔަންކުރައްވައިފި އެވެ.

އެތަނުގެ ބޯޑަށް އައްޔަންކުރީ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން އަހުމަދު މުޝްތާގާއި ބޭންކިންގެ ދާއިރާއިން ލީނާ ޢަބްދުލް ޖަލީލުގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މޫސާ ފަތުހީ އާދަމް އެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.