Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގައި ބޮބީ "މިއުޓްވެފައި"

އަންނަ މަހު ރިލީީޒްކުރާ ފިލްމު "އެނިމަލް" އަށް ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. ސަބަބަކީ މިއީ ރަންބީރް ކަޕޫރް ވަރަށް ތަފާތު ރޯލަކުން ފެންނާނެ ފިލްމަކަށްވުމެވެ.

"އެނިމަލް" ގެ ޓީޒާ ދައްކައިލި އިރު، ޓީޒާ ނިމޭ ތަނުން ބޮބީ ޑިއޯލް ދައްކައިލާ އިރު، އޭނަ ފިލްމުގައި ފެންނާނެ ގޮތަކާ މެދު ވަރަށް ބޮޑު ޝައުގުވެރިކަމެއް ވެސް އޮތީ އުފެދިފަ އެވެ. ބޮބީ ކުޅެފައި ވަނީ ވިރާޖް ސުރްވޭ ކިޔާ ކެރެކްޓާއެކެވެ. އަޑުތައް އަރާފައިވާ ގޮތުން މިއީ ޑާކް އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އެނިމަލް" ގެ މައި ވިލަން އެވެ.

ބޮބީގެ ކެރެކްޓާއާ ބެހޭ ގޮތުން ދެކެވިފައި ހުރި ވާހަކަތަކަށް ބަލާ އިރު މިއީ "ހެނިބަލް" ޒާތުގެ ވަރަށް އަނިޔާވެރި ރޯލެކެވެ. އަދި މި ރޯލުގެ "އެންމެ ނުރައްކާތެރި" އެއް ކަމަކީ ބޮބީ "މިއުޓްވެފައި" ހުރުމެވެ. މާނަ އަކީ ފިލްމުގައި އޭނަ ފެންނާނީ ވާހަކަ ނުދައްކާ، ކެރެކްޓާއަކުންނެވެ. އެހެންވެ ބޮބީގެ އެއްވެސް ޑައިލޮގެއް ފިލްމަކުން ނީވޭނެ އެވެ.

މި ސަބަބާ ހުރެ "އެނިމަލް" ގެ އެންމެ ބޮޑު އެއް ހައިލައިޓަކަށް ވާނީ އޭނަގެ ވިރާޖް ކެރެކްޓާ އެވެ. ފިލްމުގެ ރަސްމީ ޓްރެއިލާ މާދަމާ އާންމުކުރާނެ ކަމަށް ބެލެވޭތީ ފިލްމަށް އިންތިޒާރުކުރާ މީހުން މިހާރު ތިބީ ބޮބީ އަށް ވާނުވާ ބެލުމަށް ކެތްމަދުވެފަ އެވެ.

އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަ "އެނިމަލް" އަކީ 2019 ގެ ކާމިޔާބު ފިލްމު "ކަބީރު ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިޕްތީ ދިމްރީ، ޝަކްތީ ކަޕޫރް، ޕްރޭމް ޗޯޕްޅާ އަދި ސުރޭޝް އޮބެރޯއީ ވެސް ހިމެނެ އެވެ.