Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އެކުލަވާލަނީ

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ވިދާޅުވީ މި މަޖިލިސް އަލުން އެކުލަވާލަން ނިންމީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައިވާތީ ކަމަށެވެ. އެ މަޖިލިސް ވެގެންދާނީ މިސްކިތްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލީހަކަށް ކަމަށް ޝަހީމު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު 1،000 އަށް ވުރެ ގިނަ މިސްކިތް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މިސްކިތްތަކުގެ އާބާތުރަ ފިލުވައ،ި ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް ވަނީ ނިންމާފަ އެވެ.

މީގެއިތުރުން އިސްލާމްދީނާއި ޤައުމިއްޔަތާއ،ި ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ޓަކައ،ި ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމުތަކެއް ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހިންގަން ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.