Last Updated: May 11, 18:14
Sunday, May 11, 2025
ދުނިޔެ

38 ދަތާ އެކީ އިންޑިއާ އަންހެނަކަށް ރެކޯޑެއް

ތިރީސް އަށް ދަށް ހުރެގެން އިންޑިއާގެ އަންހެނަކަށް ރެކޯޑް ފޯތުން ޖާގަ ލިބިއްޖެ އެވެ.

ކަލްޕަނަލާ ބަލަން ކިޔާ 26 އަހަރުގެ މީހާ އަށް އަށް ގިނިސް ވޯލްޑް ރެކޯޑް ދިނީ އެންމެ ދަތް ގިނަ އަންހެނާގެ ރެކޯޑެވެ. އޭނަގެ މަތީ ދަތްފިލާގައި ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރު ދެ ދަތް އިން އިރު، ތިރީ ދަތްފިލާފައި އިތުރު ހަތަރު ހުރެ އެވެ. އެގޮތުން ކަލްޕަނާގެ އަނގައިގައި ޖުމްލަ 38 އެބަ އިނެވެ. އަދި އިތުރު ދެ އިނީ ފެޅުމުގެ މަގުމަތީގަ އެވެ.

އޭނަ ބުނި ގޮތް ދަތް ގިނަވުމަކުން މާ ބޮޑު މައްސަލައެއް ދިމައެއް ނުވެ އެވެ. އެކަމަކު ކާ އިރު، ކާ ތަކެތި ދަތުގެ ތެރޭގައި ތާށިވުމުގެ އުނދަގުލާ ކުރިމަތިލާން ޖެހުނެވެ.

"އެ ނޫން އުނދަގުލެއް މި ކަމަކުން ނެތް." ދަރިޔަކު ވެސް ހުރި ކަލްޕަނާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ދަތް އިތުރަށް ފަޅަން ފެށީ ފުރާފަރަށް އަޅަން ފެށި ހިސާބުންނެވެ. އެހެންވެ އެކަން އާދަޔާހިލާފު ކަމަކަށްވެގެން ދަތްތައް ނަގަން ކަލްޕަނާގެ މައިންބަފައިންގެ ދަތުގެ ޑޮކްޓަރެއްގެ ގާތަށް ވެސް އޭނަ ދިޔަ އެވެ. ނަމަވެސް އޭރު ޑޮކްޓަރު ދިން ލަފަ އަކީ ދަތްތައް އެއްކޮށް ފަޅާ ނިމެންދެން ބެހެއްޓުމަށެވެ. ސަބަބަކީ ފަހުން ނަގަން ފަސޭހަ ވެދާނެތީ އެވެ.

އެކަމަކު ކަލްޕަނާ ބޮޑުވަމުން އައި އިރު، އޭނަ ދަތް ނަގާކަށް ބޭނުމެއް ނުވި އެވެ.

"އެކަން ނުކުރެވުނީމަ މިހާރު އުފާ ކުރަން. އަހަންނަށް ރެކޯޑް މި ލިބުނީ ދަތް ގިނަވީމަ. އެއީ މިހާރު އައިޑެންޓިޓީއެއް." އޭނަ ބުންޏެވެ.

އެންމެ ގިނަ ދަތް ފިރިހެނާގެ ރެކޯޑް އޮތީ ކެނެޑާގެ 39 އަހަރުގެ މީހަކަށެވެ. އެވަނޯ މެލޯންގެ އަނގައިގައި 41 ދަޔް ހުރެ އެވެ. އެންމެ ގިނަ ދަތް ހުރި ފިރެހެނާހެ ރެކ÷ޑް އޭނަ އަށް ލިބުނީ 2021 ގަ އެވެ.

އާންމު ގޮތެއްގައި ބޮޑު މީހެއްގެ އަނގައިގައި ހުންނަނީ 32 ދަތެވެ.