Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހަރަކާތްތައް ހިންގާނީ ކިޔަވައިދޭ ވަގުތު ނުގެއްލޭ ގޮތަށް

އައްޑޫ ފޭދޫ ސްކޫލްގެ ދަރިވަރުންތަކެއް ރަސްމިއްޔާތެއްގައި.

ސްކޫލްތަކުގައި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ކިޔަވައިދޭ ވަގުތު ނުގެއްލޭ ގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ ކިޔަވައި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހަކަށް ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައި ދޭން ކަމަށެވެ.

ސާކިއުލާގައި ބުނީ ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާތީ އޭގެ ސަބަބުން މުގައްރަރުގައި ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައި ދިނުން ތަރުތީބުވެގެން ނުދިއުމާއި މުގައްރަރު ފުރިހަމަކުރުމަށާއި މަގުސަދު ހާސިލްކޮށް ދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާ މިނިސްޓަރު ވިދާޅުވީ މިއީ އުނގެނުމާއި އުނގަންނައި ދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށް ނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"މީގެ ސަބަބުން] ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށް ހުރަސްއެޅޭ.' ސާކިއުލާގައިވެ. "ވީމާ، ސްކޫލުގައި ބާއްވާ ހަަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައި ދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރުމަށް ދަންނަވަން.