ރ. އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު ވެސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއްގެ ގޮތުގައި ބޭނުން ކުރަން ހަވާލުކުރަން ނިންމައިފި އެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އުނގޫފާރު އިސްލާމީ މަރުކަޒި އައިޔޫއެމާ ހަވާލުކުރަން ނިންމާފައި ވަނި އަންނަ ހަފުތާގައި ކަމަށެވެ.
"މަސްޖިދު ޑރ. އަފްރާޝީމް" ނަން ދޫފައިވާ އެ ބިނާ އަކީ އަނިޔާވެރިކޮށް 2012 ގައި އަވަހާތަކުރި އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ތަނެކެވެ. އުނގޫދާރަކީ އަފްރާޝީމްގެ އުފަން ރަށެވެ.
އުނގޫފާރު އިސްލާމީ މަރުކަޒު ދީނީ ތައުލީމީ ފަތުރަން އައިޔޫއެމްގެ ކެމްޕަހެއްގެ ގޮތުގައި ބޭނުން ކުރަން ހަވާލުކުރަން ނިންމި އިރި، މި ހަފުތާގައި ތިނަދޫ އިސްލާމީ މަރުކަޒު ވަނީ 20 އަހަރަށް އައިޔޫއެމްއާ ހަވާލުކޮށްފަ އެވެ. އެ ޔުނިވަސިޓީގެ ދެކުނުގެ ކޭމްޕަހުގެ ގޮތުގަ އެވެ.