ދެ ވަނަ ވަގުފު އިމާރާތެއް އެޅުމަށް ނިންމަވާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.
ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެހެންކަމުން މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު ބިލްޑިންގ އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު ޤާއިމު ކުރެވިފައިވާ ވަޤުފު ފަންޑު ބިލްޑިންގ (ދާރުލްއީމާން) އިން އަހަރު 6 މިލިއަންހާ ރުފިޔާ ފަންޑަށް ވަދެެއެވެ. މިފައިސާ ޚަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ޙާލަތު ރަނގަޅުކުރުމަށް." ޑރ. ޝަހީމް ވިދާޅުވިއެވެ.
މާފަންނުގައި ހުންނަ "ދާރުލްއީމާނު"ގެ ނަމުގައި ނަންދީފަައިވާ ވަގުފު އިމާރާތް ހުޅުވީ މީގެ ހަ އަހަރު ކުރިންނެވެ.