Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގެ މި ކުޅިގަނޑު ބަލާލަމާ!

އަންނަ މަހު ރިލީޒްކުުރަން ހަމަޖެހިފައިވާ ރަންބީރްގެ ފިލްމު "އެނިމަލް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ މިހާތަނަށް ރަންބީރް އެންމެ ތަފާތު ރޯލަކުން ފެންނާނެ ފިލްމެވެ. މި ޑާކް އެކްޝަން ތުރިލާ އަކީ 2019 ގެ ކާމިޔާބު ފިލްމު "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ އެއްޗެކެވެ.

އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ދޫކޮށްލާ "އެނިމަލް" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިޕްތީ ދިމްރީ، ބޮބީ ޑިއޯލް، ޝަކްތީ ކަޕޫރް، ޕްރޭމް ޗޯޕްޅާ އަދި ސުރޭޝް އޮބެރޯއީ ވެސް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްވާ ރަންބީރްގެ ދެވަނަ ފިލްމެވެ. ބަތަލާ އާލިއާ ބަޓްގެ ފިރިމީހާގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާޗްގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.