ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައީއޭ) ގައި ޒަމާނީ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް އަންނަ މަހު ބޭނުންކުރަން ފަށަނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނި އެ ސިސްޓަމަކީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ވެސް ބޭނުންކުރާ ފަދަ ސިސްޓަމެއް ކަމަށެވެ. އެމްއޭސީއެލުން ބުނި ގޮތުގައި ސިސްޓަމް ގާއިމްކޮށް ބޭނުންކުރަން ފެށުމުން ބެގޭޖް ހޭންޑަލްކޮށް ސްކްރީން ކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވޭނެ އެވެ.
މިހާރު ކުރިއަށް ދަނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ބެގޭޖް ޗެކިން ކުރުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދާނެކަ އެވެ. އަދި އެ ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް ސިސްޓަމުން ބޭނުންކުރާނެ އެވެ.
އެމްއޭސީއެލް އިން ބުނީ ޒަމާނީ ބެގޭޖް ސްކްރީނިން ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓު ކުރިމަތީގައި ގިނައިރު ކިއު ހަދައިގެން ތިބެންޖެހުން ވެސް ނިމުމަކަށް ގެނެވޭނެ ކަމަށެވެ.