Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ބޯން" ފްރެންޗައިޒްގެ އިތުރު ފިލްމެއް ހަދަނީ

ހޮލީވުޑްގެ މަގުބޫލު އެކްޝަން ތުރިލާ ފްރެންޗައިޒް "ބޯން" ގެ އިތުރު ފިލްމެއް ހަދަން ނިންމައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މީގެ ހަ ވަނަ ފިލްމުގެ ޔުނިވާސަލް ޕިކްޗާސް އިން މިހާރު ތައްޔާރީތައް ވަމުންނެވެ.

ވެރައިޓީން ބުނީ "ބޯން" ފްރެންޗައިޒްގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، ހަ ވަނަ ފިލްމު ވެސް ހަދަން ނިންމާފައި ވަނީ، ހަތަރު ފިލްމުގެ ބަތަލުގެ ރޯލު ކުޅުނު މެޓް ޑޭމަންއާ އެކީގައި ކަމަށެވެ. އަދި އާ ފިލްމު ޑައިރެކްޓްކުރަން "އޯލް ކްއައިޓް އޮން ދަ ވެސްޓަން ފްރޮންޓް" ގެ ޑައިރެކްޓަރު އެޑްވަޑް ބާގާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

ޖޭސަން ބޯން ކިޔާ ޖާސޫސެއްގެ ރޯލު ޑެމަން ކުޅުނު "ބޯން" ފްރެންޗައިޒްގެ ހަތަރު ފިލްމަކީ ޖޭސަން ބޯން (2016)، ދަ ބޯން ދަ ބޯން އަލްޓިމޭޓަމް (2007)، ދަ ބޯން ސްޕްރީމަސީ (2004)، އިތުރުން ދަ ބޯން އައިޑެންޓިޓީ (2002) އެވެ.

މީ ފްރެންޗައިޒްގެ ފަސް ފިލްމުގެ ތެރެއިން ޑޭމަންއާ ނުލައި ގެނެސްދިން ފިލްމަކީ 2012 ގެ "ދަ ބޯން ލެގަސީ" އެވެ.