Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ބަވާލް" މިރޭ ޒީ ސިނެމާ އަށް

މި އަހަރުގެ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ގެނެސްދިން ބޮލީވުޑްގެ ފިލްމު "ބަވާލް" މިރޭ ޒީ ސިނެމާއި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ ފިލްމު ޓީވީ ޗެނަލުން ގެނެސްދޭ ފުރަތަމަ ފަހަރަށްވާތީ، މިއީ އެ ފިލްމު ނުބަލާ މީހުންނަށް ގޭގެ ސިޓިން ރޫމްގައި ތިބެގެން ފިލްމު ބަލާލަން ލިބޭ ފުރުސަތަކަށް ވާނެ އެވެ. "ބަވާލް" ދައްކަން ފަށާނީ ރާއްޖެ ގަޑިން މިރޭ 7:30 ގަ އެވެ.

ޒުވާން ދެ ތަރިން ކަމަށްވާ ވަރޫން ދަވަނާއި ޖާންވީ ކަޕޫރް ލީޑް ރޯލު ކުޅުނު މި ފިލްމަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ނިތޭޝް ތިވާރީ ޑައިރެކްޓްކުރި ރޮމޭންޓިކް ޑްރާމާއެކެވެ. "ޑަންގަލް" އަކީ ވަރޫން އާއި ޖާންވީ އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.

މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރީ ޖުލައި 21 ގަ އެވެ.