ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ކޯލީ މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އުމުރުން 93 އަހަރުގައި އއްޔެއޭނަ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ރާޖްކުމާރު މަރުވިކަން އެނގުނީ ފާހާނާ އަށް ވަން ގޮތަށް ނުނުކުމެ، ގިނައިރުވާތީ ދޮރު ހަލާކުކޮށްލައިގެން ވަނުމުންނެވެ. ރާޖްޖުމާރުގެ ޖަނާޒާ މިއަދު ބާއްވަން ހަމަޖެހިިފައިވެ އެވެ.
އޭނަ އަކީ މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީގެ ކުރީގެ ލޯބިވެރިޔާ އަރްމާން ކޯލީގެ ބައްޕަ އެވެ.
ފިލްމުތަކެއް ޕްރޮޑިއުސް ވެސް ކޮށްފައިވާ ރާޖްކުމާރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ނާގިން (1976)، ޖާނީ ދުޝްމަން (1979)، ބަދުލޭ ކީ އާގް (1982)، ރާޖް ތިލަކް (1983) އަދި ޕަތީ ޕަތުނީ އޯރް ތަވާއީފު (1990) ހިމެނެ އެވެ.
ރާޖްކުމާރު އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2002 ގެ "ޖާނީ ދުޝްމަން: އޭކް އަނޯކީ ކަހާނީ" އެވެ.