Last Updated: July 17, 18:07
Friday, July 17, 2026
މުނިފޫހިފިލުވުން

ޕެރިސް ހިލްޓަނަށް ދެވަނަ ދަރިއެއް

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ، ޕެރިސް ހިލްޓަންގެ ފުރަތަމަ ދަރިފުޅަށް އަހަރު ވެސް ނުވަނީސް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

ސަރޮގޭޓްކޮށްގެން ދެވަނަ ދަރިއަކު ލިބުނު ވާހަކަ އޭނަ އިންސްޓަގްރާމާއި ޓިކްޓޮކްގައި ވެސް އިއްޔެ ހިއްސާކޮށްފައިވެ އެވެ. ނަމަވެސް ދަރިފުޅުގެ ފޮޓޮއެއް އާންމެއް ނުުރެ އެވެ.

އޭގައި ޕެރިސް ބުނީ ދެވަނަ ދަރިފުޅަކީ އަންހެން ކުއްޖެއް ކަމަށާއި ނަމަކީ ލަންޑަން ހިލްޓަން ކަމަށެވެ. އެހެންވެ ޖެނުއަރީގައި ލިބުނު ދަރިފުޅު ޕީނިކްސް ހިލްޓަން މިހާރު ބޭބެއަކަށްވީ ކަމަށް ބުންޏެވެ.

ޕެރިސް އާއި ލިޔުންތެރިޔާ/ވިޔަފާވެރިޔާ ކާޓާ ރިއަމް ކައިވެނިކުރީ 2021 ގަ އެވެ. އެ މީހުންގެ ފުރަތަމަ އެނިވަސަރީ ފާހަގަކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ރާއްޖެ ވެސް އަ އެވެ.