Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ޕީޕީއެމްގެ އޮފީސް ހުސްކުރަން އަންގައިފި

ޕީޕީއެމް އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތު- ފޮޓޯ: މިހާރު

ޕީޕީއެމް އޮފީސް ހިންގަމުންދިޔަ ހ. ހުރަފާ ހުސްކުރަން އެގޭގެ ވެރިފަރާތުން އަންގައިފިއެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން ގެންދަނީ ހ. ހުރަފާގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގައެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުން ރައީސް އަބްދުﷲ ޔާމީން އިސްތިއުފާދެއްވުމާއެކު ޕީޕީއެމްގެ އޮފީސް ހުސްކުރަން އެ ގޭގެ ވެރިފަރާތުން އަންގާފައިވާކަން ކުރީގެ މިނިސްޓަރު މަލީހް މުހައްމަދު މަލީހް ޖަމާލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހ. ހުރަފާއިން ޕީޕީއެންގެ އޮފީސް ހުސްކުރުމަށްފަހު ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ އޮފީސް އެ ތަނުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވާކަން ހާމަކުރައްވާފައިވާއިރު އާދީއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.