Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

މާލޭގައި ޒިކުރު ބޯޑުތަކެއް ހަރުކޮށްފި

މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ޒިކުރު ބޯޑުތަކެއް ހަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މީގެކުރިން ވެސް މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ތަންތަނުގައި މިފަދަ ޒިކުރު ބޯޑުތަކެއް ހަރުކުރި އެވެ. ނަމަވެސް ކުރީ ފަހަރާ ހިލާފަށް މިފަހަރު ހަރުކުރާ ބޯޑުތަކުގެ އަކުރުތައް ބޮޑުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އެ ކައުންސިލުން ބުނީ އެ ބޯޑުތަކުގެ ބޭނުމަކީ ރިވެތި އުސޫލުތައް އާންމު ރައްޔިތުންނަށް ކިޔައިދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އިސްލާމްދީނުގެ ރިވެތި އުސޫލުތަށް އަންގައިދޭ ބޯޑުތަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުން އެކިއެކި ދީނީ އިލްމުވެރިނާއި އާންމު ރައްޔިތުން ވަނީ އެކަމަށް މީގެކުރިން ވެސް ތައުރީފުކޮށްފަ އެވެ.