ބޮލީވުޑަށް އަންނަ އަހަރުގެ ފެށުން ވަރުގަދަކޮށް ފަށައިދޭނެ ފިލްމު "ފައިޓާ" ރިލީޒްކުރަން މިއަދުން ފެށިގެން ދެ މަހަށްވުމާ ގުޅިގެން އޭގެ ކައުންޓްޑައުން ފަށައިފި އެވެ.
ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ޖޯޑު އެކީގައި ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. މި އޭރިއަލް އެކްޝަން ތުރިލާގެ ކާސްޓްގައި އަނިލް ކަޕޫރް، ކަރަން ސިންގް ގްރޯވާ، ސަންޖީދާ ޝެއިހް އަދި އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.
ފިލްމުގެ މައިގަނޑު ތަރިންގެ ޕައިލެޓުންގެ ގޮތުގައި ފެންނާނެ "ފައިޓާ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. "ފައިޓާ" އަކީ އިންޑިއާގެ ވައިގެ އަަސްކަރިއްޔާ އަށް ދޭ ޓްރިބިއުޓެކެވެ.
މިދިޔަ މަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ފިލްމު ހަދާފައި ވަނީ ސިދާތުގެ މާފްލިކްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ އިތުރުން ވަޔަކޮމް 18 ގުޅިގެންނެވެ.