Last Updated: June 8, 07:06
Monday, June 8, 2026
ސިޔާސީ

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އެކަމުގެ އުގޫބާތެއްގެ ގޮތުން އެމަނިކުފާނު 13 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ޙުކުމް ކޮށްފި އެވެ.

ހުކުމުގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާ އަށް ބަލާއިރު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށެވެ.

ނަޝީދުގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ ޓެރަރިޒަމްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ނަޝީދުގެ މައްޗަށް ދައުވާކޮށް އެ މަނިކުފާން ހައްޔަރު ކުރި ފަހުން އެމްޑީޕީގެ ސަޕޯޓަރުން ދަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ވެސް ކުރަމުންނެވެ.