Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ޖޯލީގައި މުރަކަ އާލާކުރި ގޮތުން ޖޫރިމަނާކޮށްފި

އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފުރިހަމަ ނުކޮށް ޖޯލި ރިސޯޓްވައި މުރަކަ އާލާކުރުމުގެ މަސައްކަތްކޮށްފައިވާތީ 20،000ރ. ޖޫރިނަމާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ރ. މުރަވަންދޫގައި ހިންގަމުން އަންނަ ޖޯލި ރިސޯޓްގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ ބަލައި އެކަމާ ގުޅިގެން އެއްކުރި މަޢުލޫމާތުންނާއި، ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މަޢްލޫމާތުން އީއައއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި މުރަކަ އާލާކުރުމުގެ މަސައްކަގތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ފަށާފައިވާ ކަމަށެވެ.

އެހެންވެ އެ ކުންފުނިން މި މަހުގެ 22 ގައި 20،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިގަ އެވެ.

އަދި ޖޯލި ރިސޯޓްގައި މުރަކަ އާލާކުރުމަށް މިހާރު ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަން ކުރުމަށް ފަހު އެ ކަމާގުޅޭ ރިޕޯޓެއް މަސް ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ވެސް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.