Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ސަފީރު ކަމަށް ފޮނުވި ނަންތައް އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބައެއް ނަންތައް މި ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ބްރޮޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށް ފޮނުވާފައިވާ ނަންތައް އަދި ބައެއް ސަފީރުންގެ ނަންތައް އަނބުރާ ގެންގޮސްފައިވާކަން ހާމަކުރައްވާފައެވެ.

ނަން އަބުރާ ގެންދިޔަ ސަފީރުންނަކީ ބަންގްލާދޭޝަށް ކަނޑައަޅަން ފޮނުވި ޝިއުނީން ރަޝީދު، ޔުނައިޓަޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅަން ފޮނުވި މިދްފާ ނައީމް، ޕާކިސްތާނަށް ކަނޑައަޅަން ފޮނުވި ސެލީނާ ހަދީޖާ ނަޖީހާ އަދި ޗައިނާއަށް ކަނޑައަޅަން ފޮނުވި ހުދާ އަލީ ޝަރީފްއެވެ.

ރައީސް ސޯލިހްގެ ސަރުކާރު ބަދަލުވުމަށް ކައިރިވެފައިވަނިކޮށް މަޖިލީހަށް ފޮނުވި ނަންތައް މިސަރުކާރުން އަނބުރާ ގެންގޮސްފައިވާއިރު، މި މަގާމުތަކަށް އައްޔަނު ކުރާނެ ފަރާތްތައް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.