Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

މަޖިލީހުގެ މިދައުރު ޑިސެމްބަރު 7 ގެ ނިޔަލަށް ދަންމާލަނީ

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ދަންމާލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ކުރިއަށްދާނެ ކަމަށެވެ.

މި ދައުރު ދަންމާލަން ނިންމީ މަޖިލީހުގައި ބަޖެޓް މަސައްކަތް ހިމެނޭހެން އިތުރު މުހިންމު މަސައްކަތްތަކެއް ނިންމުމަށް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުރު ދަންމާލުމަށް މިއަދު ވޯޓަށް އަހާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަށް ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ޖޫން މަހުގެ ނިޔަލަށެވެ. އަިދ ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.