Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

މި ފަހަރު ކާޖޮލް އާއި ރާނީ އެކީގައި

ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 8" ގެ އާ އެޕިސޯޑްގައި ކާޖޮލް އާއި ރާނީ މުކަރްޖީ އެކީގައި ގެންނަން ނިންމައި، އެ އެޕިސޯޑްގެ ޕްރޮމޯ ވެސް އާންމުކޮށްފި އެވެ.

މި އެޕިސޯޑް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

އެކީގައި "ކުޗް ކުޗް ހޯތާ ހޭ" ކުޅުނު ކާޖޮލް އާއި ރާނީ އަކީ 2000 ގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނުނު ދެ ތަރިންނެވެ. މި ދެ މީހުންނަކީ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ތަރިންނެވެ. ކާޖޮލްގެ ބައްޕަ ޝޯމޫ މުކަރްޖީ އާއި ރާނީގެ ބައްޕަ ރާމް މުކަރްޖީ އަކީ އެއް އާއިލާއެއްގެ މީހުންނެވެ.

އެ ދެ މީހުންނަކީ ވެސް ފިލްމީ ދާއިރާގައި، ކެމެރާގެ ފަހަތުގައި ފާހަގަކޮށްލެވުނު ދެ ޝަހުސިއްޔަތުންނެވެ.

ކަރަން ޑައިރެކްޓްކުރި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ބަތަލާއިންގެ ރޯލު ކާޖޮލް އާއި ރާނީ ކުޅުމަށް ފަހު ފަހު، ކަރަން 2001 ގައި ގެނެސްދިން "ކަބީ ހުޝީ ކަނީ ޢަމް" އިން ވެސް ދެ ތަރިން ފެނިފައިވެ އެވެ. އެކަމަކު އެ ފިލްމުގައި ރާނީ ހިއްސާވީ ހަމައެކަނި ވަރަށް ކުރު، ހާއްސަ ފެނިލުމެއްގަ އެވެ.

ކާޖޮލް އަކީ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުންނެވެ. ރާނީގެ ފިރިމީހާ އަކީ ކާޖޮލްގެ ކެރިއަރުގެ އެންމެ ބޮޑު ހިޓް، ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އެވެ.