Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"މީ އިޝްގް" ގެ ޓްރެއިލާ ޑިސެމްބަރު 1 ގައި

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "މީ އިޝްގް" ގެ ޓްރެއިލާ އަންނަ މަހު ދޫކޮށްލާ ގޮތަށް ނިންމައިފި އެވެ.

މިކަން މިއަދު އެ ފިލްމުގެ ޓީމުން އިއުލާންކޮށް ބުނީ ބެލުންތެރިންނަށް ޓްރެއިލާ ދޫކޮށްލާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު މެންދުރު ފަހު ކަމަށެވެ.

ޝޫޓިން ނިންމައިލިކަން މި މަހުގެ 17 ގައި އިއުލާންކުރި އަސަރު ގަދަ ލޯބީގެ ފިލްމު "މީ އިޝްގު" ގެ ތަރިންނަކީ އަރަމުން އަން ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މި ފިލްމަކީ މި ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. ޝަރަފާއި އާޝާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ މާޗްގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.

"މީ އިޝްގް" އަކީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ ކުރިން ދެ ވެބް ސީރީޒެއް ގެނެސްދިނެވެ. އެއީ "ދަރަކަ" އާއި "މިރާއީ" އެވެ.

ދިވެހި ފިލްމު ސްޓޫޑިއޯ އިން ހަދާފައިވާ "މީ އިޝްގް" ސިނަމާ އަށް ގެންނާނީ ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ ގޮތަށެވެ. ބެލެވޭ ގޮތުން ފިލްމުގެ ޓްރެއިލާއާ އެކީ ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާން ކުރާނެ އެވެ.