Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޕީއެންއެފަށް މިހާރު އޮންލައިންކޮށް ސޮއިކުރެވޭނެ

ކުރީފެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް އޮންލައިންކޮށް ސޮއިކުރެވޭ ގޮތް ހަދައިފި އެވެ.

އެ އިންތިޒާމު ހަމަޖެއްސީ ރޭގަ އެވެ. އެގޮތުން ޕާޓީގެ ވެބްސައިޓް pnfront.org މެދުވެރިިކޮށް މިހާރު ޕާޓީ އަށް ވަންނަން ބޭނުންވާ މީހުންނަށް ސޮއިކުރެވޭނެ އެވެ.

ޕީއެންއެފް އުދެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދުނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާ އެކީ ޕާޓީ އަށް ސޮއިކުރުމުގެ ހަރަކާތްތައް އަންނަނީ ކުރިއަށެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވީހާ ވެސް އަވަހަކަށް 3،000 ސޮއި ހަމަކޮށް ދޭން އެދިވަޑައިގެންފަ އެވެ.

ސިޔާސީ ޕާޓީ އުފައްދަން އީސީ އަށް ހުށަހަޅާ އިރު، މަދުވެގެން އެ އަދަދަށް މެންބަރުން ސޮއި ބޭނުން ވާނެ އެވެ.

ޕީއެންއެފްގެ މުއައްސަސަކީ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީނެވެ. މި ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ހިމެނވަޑައިގަނެ އެވެ.