Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

އާބަންކޯގެ އެމްޑީއަކަށް ފަޒުލް

އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ފަޒުލް ރަޝީދު ޢައްޔަންކޮށްފި އެވެ.

އޭނަ އަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ. ފަޒުލް އަކީ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ވެސް މެ އެވެ.

އާބަންކޯގެ އެމްޑީކަމާ ހަވާލުވެވަޑައިގަތުމަށް ފަޒުލް މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާއ ގުޅިގެން މިހާރު މަޖިލީހުގައި ތިއްބެވީ ޕީއެންސީގެ ދެ މެންބަރުންނެވެ. އެއީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުގައި ފަޒުލް އަކީ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ އެމްޑީ އެވެ.

ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހިންގަމުން އައި އާބަންކޯގެ އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު އާތިފެވެ.

އާބަންކޯ އަކީ މައިގަނޑު ގޮތެއްގައި ހުޅުމާލޭގެ ކަންކަން މެނޭޖްލުރާ ކުންފުންޏެވެ.