މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއްގެ ގޮތުގައި ބޭނުން ކުރަން ރ. އުނގޫފާރުގެ އިސްލާމީ މަރުކަޒު މިއަދު އެ ޔުނިވަސިޓީއާ ހަވާލުކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.
އުނގޫފާރު އިސްލާމީ މަރުކަޒަކީ 2012 ގައި އަނިޔާވެރިކޮށް އަވަހާރަކުރި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމްގެ އަލީގެ ހަނދާނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ތަނެކެވެ. އެތަން އައިޔޫއެމްގެ ކެމްޕަހެއްގެ ގޮތުގައި ބޭނުން ކުރަން ހަވާލުކުރުމާ ގުޅިގެން ދީނީ އިލްމު ފަތުރައި، ފުޅާކުރުމަށް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.
ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒު ވެސް ވަނީ އައިޔޫއެމްއާ ހަވާލުކޮށްފަ އެވެ.