ޝޫޓިން ނިންމާފައި އޮތް ޑައިރެކްޓަރު/ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ އާ ފިލްމު "ލަސްވިޔަސް" ގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުނެފި އެވެ.
މި ވާހަކަ އޭނަ ހިއްސާކޮށްފައި ވަނީ ސޯޝަލް މިޑިއާގައި އާންމުކުރި ޕޯސްޓެއްގަ އެވެ. އެކަން ހިއްސާކުރި ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނެތެވެ. "ލަސްވިޔަސް" އަކީ މީގެ 30 އަހަރު ކުރިން 1994 ގެ "ދެރިޔާ" ގެނެސްދިން ޓެޑްރީ ޑައިރެކްޓްކުރި ދެވަނަ ފީޗާ ފިލްމެވެ.
ދެހާސް ސަތާރައިގައި އިއުލާންކުރި މި ފިލްމުގެ ޝޫޓިން ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ މާޗް 22 ގަ އެވެ.
"ލަސްވިޔަސް" ގެ ކާސްޓަށް ބަލާ އިރު މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، މަރިޔަމް ޝިފާ، ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ހިމެނެ އެވެ.
ބެލެވޭ ގޮތުން އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.