Last Updated: May 12, 17:33
Monday, May 12, 2025
ޚަބަރު

އިސްލާމިކް މިނިސްޓްރީ އަށް އަންހެން ނައިބެއް

އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރެއްބި ބޭފުޅަކީ ކުރިން އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ހުންނެވި ހައްވާ ލަތީފެވެ. އޭނަ އަކީ މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ހައްވަ އައްޔަން ކުރުމާ ގުޅިގެން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

މި ސަރުކާރުގެ އެކިއެކި އިސް މަގާމުތަކަށް އަންހެން ބޭފުޅުން އައްޔަންކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އިއްޔެ ވަނީ އަހުސަން އަލީ ވެސް އައްޔަންކޮށްފަ އެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް ވެސް އައްޔަންކޮށްފައިވެ އެވެ.