Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

އެމްޕީއެލް އައު ސީއީއޯ އަށް ހޫނު މަރުހަބާއެއް

އެމްޕީއެލް މުވައްޒަފުން އައު ސީއީއޮ މުހައްމަދު ވަޖީހުއަށް މަރުހަބާ ދަންނަވަނީ / ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އަލަށް ހަވާލުވި ސީއީއޯ މުހައްމަދު ވަޖީހުއަށް އެކުންފުނީގެ މުވައްޒަފުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމަޤާމާއި އޭނާ ހަވާލުވެވަޑައިގަތުމަށް ފަހު، މަސައްކަތަށް ވަޖީހު ނިކުމެވަޑައިގަތީ މިއަދު ހެނދުނެވެ. އެމްޕީއެލް ހެޑް އޮފީހުގައި އޭނާއަށް މަރުހަބާ ދެންނެވުމަށް، ކުންފުނީގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފާއި ކުންފުނީގެ އިސް މެނޭޖްމެންޓާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޤާމާއި ހަވާލުވުމަށް ފަހު އޭނާ ވަނީ އެމްޕީއެލްގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކޮށްދީ 24 ގަޑިއިރު ތެރޭ 48 ގަޑިއިރުގެ މަސައްކަތް ކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް އަށް އަރުވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު މަޤާމުގެ މަސައްކަތަށް ނިކުންނެވި ވަޖީހު ވަނީ ސެކްޝަންތަކުގެ ވެރިންނާއި، ސީނިއާ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ.

މީގެ ކުރިން 2013 އިން 2022 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެކުންފުނީގެ އިސް މަޤާމުތަކުގައި އޭނާ ވަނީ ވަޒީފާ އަދާކޮށްފައެވެ. އެގޮތުން އެސިސްޓެންޓް ސީއީއޯގެ މަޤާމާއި ޖެނެރަލް މެނޭޖަރގެ މަޤާމުގެ އިތުރުން އެސިސްޓެންޓް ޗެއަމަންގެ މަޤާމުވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ.