Last Updated: May 12, 17:05
Monday, May 12, 2025
ޚަބަރު

ޕީސީބީގެ ބޯޑުން މުޣުނީ ވަކިކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަންކުރި އައްޔަނު ކުރި ހަސަން މުޣުނީ ބޯޑުން ވަކިކޮށްފި އެވެ.

އޭނަ އެ ބޯޑްގެ މެންބަރު ކަމަށް އައްޔަންކުރީ މިދިޔަ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ބޯޑުން ވަކިކުރީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި މުޢުނީ ޕީސީބީގެ ބޯޑުން ވަކިކުރީ އެހެން މުއައްސަސާއެއްގެ މަގާމަކަށް އައްޔަންކުރުމަށްޓަކަ އެވެ. މުޢުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި ބޭފުޅެކެވެ.

އޭނަ މަގާމުން ވަކިކުރީ ރައީސަށް ވަގަށް ގޮވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓްތަކަކާ ގުޅިގެންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން އަދާކުރެއްވި މުޣުނީ އަކީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.