Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ރުބީނާ އަށް ލިބެނީ އެއްމާބަނޑު ދެ ކުދިން

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ރުބީނާ އަށް ލިބެން އުޅެނީ އެއްމާބަނޑު ދެ ކުދިން ކަމަށް ބުނެފި އެވެ.

ޓޯކް ޝޯއެއް ކަމަށްވާ "ކިސީނޭ ބަތާޔާ ނެހީ" ކިޔާ ޝޯއެއްގައި އޭނަ އެ ވާހަކަ ހިއްސާކޮށް ބުނ ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ ވެސް ހުރީ އެކަމާ ވަރަށް އުފަލުންނެވެ. ރުބީނާ ބަލިވެއިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ވެސް ކާމިޔާބުކުރި ބަތަލާ ބުނީ އެއްމާބަނޑު ދެ ކުދިންނަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. އެކަމަކު އަލަށް ދެ ކުދިން ލިބެން އުޅޭތީ ވަރަށް ދެމަފިރިން ވެސް ތިބީ ކުދިންނަށް މަރުހަބާ ކިޔަން މަދުވެފައި ކަމަށް ރުބީނާ ބުންޏެވެ.

އިންޓަވިއުގައި އޭނަ ވަނީ ބަލިވެއިންތާ ކުރީކޮޅު ކާރު އެކްސިޑެންޓަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވެސް ބުނެފަ އެވެ.

ރުބީނާ، 34، އާއި އަބިނާވް، 40، ކައިވެނިކުރީ، 2018 ގަ އެވެ.

"ޗޯޓީ ބަހޫ" އާއި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" ފަދަ ސިލްސިލާތައް ކުޅުނު ރުބީނާ ވަނީ "ބިގް ބޮސް 14" ކާމިޔާބު ކުރުމަށް ފަހު މިދިޔަ އަހަރު ކަލާސްގެ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގައި ވެސް ވާދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު "އަރުދު" ކިޔާ ފިލްމަކުން ބެވެސް އޭނަ ފެނިފައިވެ އެވެ.

އަބިނާވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އަކްސަރު 2" އާއި "ލުކާ ޗުއްޕީ" ހިމެނެ އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައ "ޗޯޓީ ބަހޫ"، "ޖާނޭ ކިއު ބާތު ހުއީ" އަދި "ހިޓްލަރު ދީދީ" ހިމެނެ އެވެ.

އަބިނާވް އާއި ރުބީނާ އަކީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ދެ މީހުންނެވެ.