އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވަން އަލްހާން ފަހުމީ ނިންމަވައިފި އެވެ.
މިހާރު އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި އަލްހާން އެ ދާއިރާ އަށް ވާދަކުރައްވަން ނިންމެވި އިރު، ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރަކީ އެމްޑީޕީ އަށް ނިސްބަތްވާ އަބްދުﷲ ޖާބިރެވެ. އަލްހާން ވިދާޅުވީ އޭނަ އެ ދާއިރާ އަށް ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ.
އަލްހާން ކުރިން ފޭދޫގެ ދާއިރާގެ މެންބަރުކަން ކުރައްވާފައިވެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ކ. ކާށިދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލާން އަޅުގަނޑު ގަސްތުކޮށްފިން!
ކާށިދޫ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމާ ތާއީދަށް އެދެން! 🙏🏻
— Alhan Fahmy (@AlhanFahmy) November 30, 2023
މަޖިލިސް އިންތިހާބަށް އޭނަ ނުކުންނަވަން ނިންމެވި އިރު، އަލްހާންގެ ހިއްސާ އޮންނަ "ކިންގްސް ކެޕިޓަލް ހޯލްޑިންސް" އިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައިގައި އޭނަ އާއި އާއިލީގެ އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މި މަހުގެ 23 ގައި ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.