Last Updated: May 9, 14:00
Friday, May 9, 2025
ޚަބަރު

ޕާކިސްތާންގެ ބޭސްތަކެއް ރާއްޖެ އިން މަނާކޮށްފި

ޕާކިސްތާންގައި އުފައްދާ ދިޔާ ބޭސްތަކެއްގައި މައްސަލަތަކެއް ހުރުމާ ގުޅިގެން ބޭސްތަކުގެ އެއްވެސް މުއާމަލާތެއް ރާއްޖޭގައި ހިންގުން މަނާކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެތުރު އެލާޓެއްގައި ބުނީ މަނާކުރީ ޕާކިސްތާންގެ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯރެޓަރީސް އިން އުފައްދާފައިވާ ދިޔާ ބޭސްތަކެއް ކަމަށެވެ. އެގޮތުން އެ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން އަދި އީތައިލިން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާންގައި ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން ވެސް އަންގާފައިވާ ކަމަށް އެފްއޭޑީއީ އިން ބުންޏެވެ.

އެގޮތުން މައްސަލަ ހުރި ހަތަރު ބޭހެއް ފާހަގަކޮށްފައިވާ އިރު އޭގެ ތެރެއިން ރާއްޖޭގައި ވިއްކަމުން އަންނަ ދެ ބޭހަކުން ވެސް ކެމިކަލް ފެނިފައިވާ ކަމަށް ބުންޏެވެ.

އެހެންވެ ފާމިކްސް ލެބޯރެޓަރީސް އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް މިއަދުން ފެށިން ރާއްޖެ އަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ފާމަސީތަކުގައި ހުރި އެ ކުންފުނީހެ ބޭސްތައް ނަގަން ވެސް އިލްތިމާސްކޮށްފައިވެ އެވެ.