ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ޕްރޮމޯޝަނެއް ކަމަށެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 2 ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަރޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.