Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

އަންނަ އަހަރު ފަށާނީ "މީ އިޝްގް" އިން

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "މީ އިޝްގު" ގެ ޓްރެއިލާ މިއަދު ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ ޒުވާން ޑައިރެކްރު އަޒްހާން އިބްރާހިމްގެ އަލަތު ފީޗާ ފިލްމެވެ. އޭނަ ކުރިން ވަނީ "ދަރަކަ" އާއި "މިރާއީ" ކިޔާ ވެބް ސީރީޒްތަކެއް ގެނެސްދީފަ އެވެ. އަޒްހާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "މީ އިޝްގު" އަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ އުފެއްދުމެކެވެ.

ޖެނުއަރީ 6 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.