ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ނާޒިރު ހަމަޖައްސަވައިފި އެވެ.
އޭނަ ކުރިން ހުންނެވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުގަ އެވެ.
ނާޒިރުގެ އިތުރުން ސްޓެލްކޯގެ ޑީއެމްޑީއަކަށް، ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުންނެވި އައިޝަތު މުޒުނާ ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ ހުސައިން ފަހުމީ އެވެ. އޭނަ އަކީ އެ ކުންފުނީގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.