Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

އިނގިރޭސިން ހުތުބާ ކިޔުމާ މެދު ހިޔާލު ހޯދަނީ

މާލޭގައި ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން ދިރިއުޅޭތީ އެ ސިޓީގެ މިސްކިތެއްގައި ހުކުރު ދުވަހު އިނގިރޭސި ބަހުން ހުކުރު ހުތުބާ ކިޔުމާ މެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖެ އަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ޤައުމަކަށްވެފައި މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމު މަސައްކަތްތެރިން އުޅެމުން އަންނަ ކަމަށެވެ. އެހެވެން ކަމުން މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ޚުތުބާ ކިޔުމާ މެދު ރައްޔިތުންގެ ޚިޔާލު ބަލައިލަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ މިފަދަ ހިޔާލެއް ހޯދުމަށް ހުޅުވާލާފައި މިވަނީ މަސައްކަތްތެރިންގެ ސްލޫކާއި އަހުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެ މީހުން ދަންނަ ބަހަކުން އިއްވޭ ޚުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީ އެވެ.