ބީއެމްއެލް ސްޓާފް ޗެރިޓީ ރަން މިއަދު ބާއްވައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ފާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 50،000ރ. ގެ އެހީއެއް ދީފި އެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތުގެ ތެރެއިން ދުވުން ނިންމާލުމަށްފަހު ބޭންކުން ވަނީ އެމްއޭޕީޑީ އަށް 50،000 ރ. ހަދިޔާކޮށްފަ އެވެ. މިއީ އެ ޖަމިއްޔާގެ ހެލްތު ކޭމްޕު ހިންގުމަށް ބޭންކުން ދިން އެހީއެކެވެ.
ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވާފައި ވަނީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިންނެވެ.