Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ސަލާރް" ގެ ޓްރެއިލާ ދައްކާލައިފި

މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޓަރު ޕްރަބާސްގެ "ސަލާރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ސަލާރު: ޕާޓް 1-ސީސްފައާ" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކަންނާޑާ ފިލްމު (ކޭޖީއެފް) ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ޕްރަޝާންތު ނީލް ހަދާފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި ޕްރިތުވީރާޖް ސުކްމަރަން، ޝްރޫތީ ހަސަން، ޖަގަޕަތީ ބާބޫ، ޓީނޫ އާނަންދު އަދި ސްރިޔާ ރެޑީ ފަދަ ދެކުނުގެ މަޝްހޫރު ތަރިން ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސަލާރް" ސިނާމަތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 22 ގަ އެވެ. އެއީ ޝާހްރުކް ޚާންގެ "ޑަންކީ" ރިލީޒްކުރާތާ އެއް ދުވަސް ފަހުންނެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކޮށް، ފްލޮޕް ބޯޑް އަޅުވަން ޖެހުނު ހުރާފީ ފިލްމު "އާދިޕުރުޝް" އެވެ.