ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފިލްމު "ހޯމް އެލޯން" ގެ ދެ ފިލްމުގައި ކެވިންގެ ރޯލު ކުޅެގެން ބޮޑު ސަމާލުކަމެއް ހޯދި އޭރުގެ ކުޑަކުއްޖާ އަށް "ވޯކް އޮފް ފޭމް" ގެ ޝަރަފު އަރުވައިފި އެވެ.
މިހާރު އުމުރުން 43 އަހަރުގެ މެކޯލީ ކަލްކިން އަށް "ވޯކް އޮފް ފޭމް" ދައްކައިލީ އިއްޔެ އެވެ.
އެކަމަށް ބޭއްވ ހާއްސަ ހަފުލާގައި އޭނަގެ ބައިވެރިޔާ ބްރެންޑާ ސޯންގް އާއި ދެ ކުދިން ވެސް ބައިވެރިވި އެވެ. އަދި ހަފުލާގައި މެކޯލީ އަށް މަރުހަބާ ކިޔަން ހާޒިރު އެކަމަކީ "ހޯމް އެލޯން" ގެ ދެ ފިލްމުގައި އޭނަގެ މަންމަގެ ރޯލު ކުޅުނު ކެތެރީން އޮ ހާރާ އެވެ.
އޭނަ ބުނީ މެކޯލީ ކުޅުނު ކެވިން މެކްކެލިސްޓާގެ ރޯލަކަށް އެތައް ބަޔަކު އުފާކޮށް ދިން ރޯލެއް ކަމަށާއި "ހޯމް އެލޯން" އަކީ ފަނޑުވުމެއް ނާންނާނެ ފިލްނެއް ކަމަށެވެ. މީގެ ފުރަތަމަ ބައި 1990 ގައި ނެރުމަށް ފަހު ދެވަނަ ބައި "ހޯމް އެލޯން 2: ލޮސްޓް އިން ނިއު ޔޯކް" ގެނެސްދިނީ 1992 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ކްރިސް ކޮލަބްސް އެވެ.
މެކޯލީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ ކޮމެޑީ-ޑްރާމާ "ޗޭންޖްލޭންޑް" އެވެ.