Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ދައުލަތުން ހަޑިކޮށް ރައްޔިތުން ރޭޕް ކުރަނީ"

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކުން ފެނިގެންދަނީ ރައްޔިތުންނަށް ހިމާޔަތްދީ މަގުދައްކަން ޖެހޭ ފަރާތްތަކުން އެންމެ ހަޑިކޮށް ރައްޔިތުން ރޭޕްކުރާ މަންޒަރު ކަމަށް ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ސަރުކާރުގެ އަގްލަބިއްޔަތު އޮންނަ މަޖިލީހުން ރުހުން ނުދިން ޑރ. ޝަކީލާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

362d40ed88263d72eea83cd99ed5c3b9e5f7b554811b0914d326740b801f1821
"ކަމަކަށް ފަހު ކަމަކުން އަޅުގަނޑުމެންގެ ގައުމުން ފެނިގެން މިދަނީ ރައްޔިތުންނަށް ހިމާޔަތްދީ މަގުދައްކައިދޭން ރައްޔިތުން އިތުބާރު ކުރި ފަރާތްތަކުން އެންމެ ހަޑިކޮށް އަޅުގަނޑުމެން އެންމެން ރޭޕް ކުރަމުންދާ މަންޒަރު،" ޝަކީލާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމަށް ނިސްބަތް ކުރައްވަމުން ޝަކީލާ ވަނީ ބޭއިންސާފުން، ގަބޫލުކުރެވޭ އަސާސްތަކުގެ ބޭރުން ހިންގުނު ޝަރީއަތަކުން އިންސާފުވެރި ހުކުމެއް އައިސްދާނެތޯ ސުވާލު އުފައްދަވާފައެވެ.

"މީހުން ބުނެއުޅޭ، ކޮންމެ ކުއްތާއަކަށްވެސް ދުވަހެއް އަންނާނެޔޭ އަދި ކޮންމެ ދެރަ ކަމަކަށް ފަހު އުފާވެރިކަމެއް މެދުވެރިވާނެޔޭ. ހަމަ ޔަގީނުން ބޭއިންސާފުން ހޯދޭ ކުރިއެރުމެއްގެ އަޖަލު ވަރަށް ކުޑަވާނެ،" ޝަކީލާ ވިދާޅުވެފައިވެއެވެ.