Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ފަސް މިލިއަން ގަސް އިންދަން ޕާކިސްތާނުގެ އެހީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫ އަށް އެހީވާން ޕާކިސްތާނުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއަށް އެހީވާން ނިންމާފައިވާކަން ޕާކިސްތާނުން ހާމަކުރީ ކޮޕް28 ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަންވާރުލް ހައްގު ކަކަރްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ ވަޢުދު ޙާޞިލްކުރުމަށް ރާއްޖެއާއި ޕާކިސްތާނާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެއިތުރުން ދެ ޤައުމަށް ފައިދާހުރި ކަންކަމާ ބެހޭގޮތުންނާއި، ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.