Last Updated: May 11, 21:55
Sunday, May 11, 2025
ކުޅިވަރު

ޔޫރޯ 2024: ސްޕެއިން އާއި އިޓަލީ އެއް ގްރޫޕަކަށް

އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.

ރޭ ބޭއްވި ގުރުއަތުލުމުގައި އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ ގްރޫޕް ބީ އެވެ. މި ގްރޫޕްގައި ހިމެނެނީ ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށްވާ ސްޕެއިން އާއި އިޓަލީގެ އިތުރުން ކްރޮއޭޝިއާ އާއި އަލްބޭނިއާ އެވެ. އިޓަލީ އަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންނެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނު ލައްވާލީ ސްކޮޓްލޭންޑާއި ހަންގޭރީ އަދި ސްވިޒަލޭންޑާއެކު ގްރޫޕް އޭ ގަ އެވެ. އެންމެފަހުގެ ޔޫރޯގެ ރަނަރަޕުން ކަމަށްވާ އިންގްލެންޑް ލައްވާލީ ގްރޫޕް ސީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްލޮވީނިއާ އާއި ޑެންމާކު އަދި ސާބިޔާ އެވެ.

ޔޫރަޕްގެ ގަދަ ބާރު ފްރާންސް ލައްވާލީ ނެދަލޭންޑްސްއާއެކު ގްރޫޕް ޑީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރިއާގެ އިތުރުން ޕްލޭއޮފް ކުޅެގެން މުބާރާތަށް ކޮލިފައިވާ ޓީމެކެވެ. އަދި ޕޯޗުގަލް އޮތީ ގްރޫޕް އެފްގަ އެވެ. ދެން މި ގްރޫޕުގައި ހިމެނެނީ ތުރުކީ އާއި ޗެކް ރިޕަބްލިކްގެ އިތުރުން ޕްލޭއޮފުން މުބާރާތަށް ކޮލިފައިވާ ޓީމެކެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 14 ގަ އެވެ.

ޔޫރޯ 2024 ގެ ގްރޫޕްތައް:

* ގްރޫޕް އޭ: ޖަރުމަނު، ސްކޮޓްލެންޑް، ހަންގޭރީ، ސްވިޒަލޭންޑް
* ގްރޫޕް ބީ: ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ، އަލްބޭނިއާ
* ގްރޫޕް ސީ: އިންގްލެންޑް، ސްލޮވީނިއާ، ޑެންމާކު، ސާބިޔާ
* ގްރޫޕް ޑީ: ފްރާންސް، ނެދަލޭންޑްސް، އޮސްޓްރިއާ، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް
* ގްރޫޕް އީ: ބެލްޖިއަމް، ސްލޮވާކިއާ، ރޮމޭނިއާ، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް
* ގްރޫޕް އެފް: ޕޯޗުގަލް، ތުރުކީ، ޗެކް ރިޕަބްލިކް، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް