Last Updated: May 1, 13:46
Thursday, May 1, 2025
ޚަބަރު

ކޮތަޅަކަށް ލައި ގޮނޑަށް އެއްލާލި ކުއްޖަކު ފެނިއްޖެ

އދ. ދިގުރަށް-

ވިހެއުމަށްފަހު ކޮތަޅަކަށްލާ އެއްލާލާފައިއޮތް ތުއްތު ކުއްޖެއް އދ. ދިގުރަށުން ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމަށެވެ.

އެ ކުއްޖާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރު ކަމަށް މައުލޫމާތުދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކުއްޖާ ބެއްލެއްވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ކުއްޖާ މަރުވެފައިވާކަމަށެވެ.