Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ކުޅުދުއްފުށީ ޕޯޓް ތަރައްގީ ކުރިއަށް

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 51 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްގީކުރުމުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗާގެ އެެސެމްބްލިންގ މަސައްކަތްތައް ކަމަށް މައުލޫމާތު ދީފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، ވޯރކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 24.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.